ހިލަރީ ޑަފް

ހިލަރީއަށް 3 ވަނަ ދަރިއަކު ލިބިއްޖެ

އެމެރިކާގެ އެކްޓްރެސް ހިލަރީ ޑަފްއަށް ތިންވަނަ ދަރިއަކު ލިބިއްޖެއެވެ.

މިއީ ހިލަރީ ޑަފް އާއި އޭނާގެ މިހާރުގެ ފިރިމީހާ މެތިއު ކޯމާގެ ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅެވެ. ހިލަރީ ކުރިން ކައިވެނިކުރި މައިކް ކޮމްރީގެ ކައިވެންޏަށްވެސް ކުއްޖަކު ލިބިފައިވެއެވެ.

ހިލަރީއަށް ތިންވަނަ ދަރިއަކު ލިބިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ހިލަރީގެ އުމުރުން ދެ އަހަރުގެ އަންހެން ދަރިފުޅު، ބޭންކްސް ވައިލޮޓްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ހިލަރީ ކުރި ޕޯސްޓެއްގައިވަނީ ބޭންކްސް ދައްތައަކަށްވިކަން ހާމަކޮށްފައެވެ. ބޭންކްސް ވައިލޮޓްއަކީ ހިލަރީގެ ދެވަނަ ދަރިފުޅެވެ. ފުރަތަމަ ދަރިފުޅަކީ އުމުރުން ނުވަ އަހަރުގެ ލޫކާއެވެ.