ފެެތުމުން ހަށިގަނޑަށް ލިބޭ ފައިދާތައް

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައިހުންނަން ބޭނުން ހެއްޔެވެ؟ ޖިމަކަށް ނުގޮސްވެސް ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބިދާނެއެވެ. ދާންވީ މޫދަށެވެ.

ފަތަން ރަނގަޅަށް ނުދަންނަ ނަމަ، ފަތަން ދަންނަ މީހަކާއެކު މޫދަށް ދިޔުމަކީ ތިމާގެ ރައްކާތެރިކަމަށް އެޅުން މުހިންމު ފިޔަވަޅެކެވެ.

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި މޫދުގައި 30 މިނެޓު ފަތާލުމުން ހަށިގަނޑަށް ލިބޭ ކަސްރަތަކީ، އެއްގަމުގައި ގާތްގަނޑަކަށް 45 މިނެޓު ކަސްރަތުކުރުމުން ހަށިގަނޑަށް ލިބޭ ކަސްރަތާއި ދާދި އެއް މިންވަރެކެވެ. ފެތުމަކީ، ފިކުރުކުރުމާއި ކަންބޮޑުވުމާއިވެސް ދުރުކޮށްދޭ ކަމެކެވެ.

ފެތުމަކީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެގޮތުން 30 މިނެޓު ފަތާލުމުން ގާތްގަނޑަކަށް 200 ކެލޮރީ އަންދާލާނެވެ. އެއްގަމުގައި 30 މިނެޓު ހިނގާލާނަމަ އަންދާލާނީ ގާތްގަނޑަކަށް 100 ކެލޮރީއެވެ.

ގަވާއިދުން ފެތުމަކީ، ބޮޑެތި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރު ބަލި ހިމެނެއެވެ.