ކާލޮސް އާއި ޓޮމް

ކާލޮސް އާއި ޓޮމް "ދަ ފްލޭޝް" ދޫކޮށްލަނީ

ޓީވީ ސީރީޒް "ދަ ފްލޭޝް" ގެ ދެ އެކްޓަރުން ކަމަށްވާ ކާލޮސް ވަލްޑެސް އާއި ޓޮމް ކަވަނާ އެ ސީރީޒް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކާލޮސް އާއި ޓޮމް، ސީރީޒް ދޫކޮށްލާނީ ހަތް ވަނަ ސީޒަންއަށްފަހުއެވެ.

"ދަ ފްލޭޝް" ގައި ކާލޮސް ފެނިގެންދަނީ ސިސްކޯ އަދި ވައިބްގެ ރޯލުންނެވެ. ޓޮމް ވަނީ ޑރ. ވޭލްސްގެ އެކި ވާޝަންތަކުގެ ރޯލު އަދި ރިވާސް ފްލޭޝްގެ ރޯލު ކުޅެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދަ ފްލޭޝް" ގެ ހަވަނަ ސީޒަންއަށްފަހު ސީރީޒް ދޫކޮށްލުމަށް ޓޮމް ހުރީ ނިންމައިގެންނެވެ. ނަމަވެސް އެ ނިންމުމަށް ބަދަލު ގެނެސްފައިވަނީ ކޮވިޑްގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓޮމް ވަނީ ސީރީޒް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއްކޮށްފައެވެ.