ޕަވާޕަފް ގާލްސް

ޕަވާޕަފް ގާލްސްގެ އާ ވާޝަނެއް އުފައްދަނީ

އެއްއިރެއްގައި ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ކާޓޫން ސީރީޒް، "ޕަވާޕަފް ގާލްސް" ގެ އާ ވާޝަނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އާ ވާޝަންގެ މަސައްކަތް ކުރަނީ ހަނާ-ބާބެރާ ސްޓޫޑިއޯސް ޔޫރަޕުންނެވެ. އާ ވާޝަން އުފެއްދުމުގައި އިސްކޮށް އުޅެނީ، ކްރެއިގް މެކްކްރެކެންއެވެ. އޭނާއަކީ ކާޓޫން ނެޓްވޯކުން "ޕަވާޕަފް ގާލްސް" ދެއްކިއިރު އެ ސީރީޒް އުފެއްދި މީހާއެވެ.

ބްލޮސަމްސް، ބަބުލްސް އަދި ބަޓާކަޕް މިފަހަރުވެސް ފެނިގެންދާނީ ސްކޫލަށް ގޮސް ކިޔަވަމުން، އަވަށުގައި ހިނގާ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރަނިކޮށެވެ.

މީގެ އިތުރުން "ފޮސްޓާސް ހޯމް ފޮ އިމޭޖިނެރީ ފްރެންޑްސް" ގެ އާ ވާޝަނެއް އުފެއްދުމުގެ މަސައްކަތް ކްރެއިގް ދަނީ ކުރަމުންނެވެ.