ރޯސްޓަޑް ޗިކަން

މިއީ ރައްޓެހިން، އަދި އާއިލާއެކުގައި އިންސާފުކޮށްލަން ރަނގަޅު ރެސެޕީއެކެވެ.

 

ބޭނުންވާނެ ތަކެތި

1 ކުކުޅު (ހަން ނޮޅާފައި)

1 މޭޒުމަތީ ސަމުސާ ފިޔާ ޕައުޑާ

½ ޖޯޑު މާޖިރިން (ދެ ބަޔަށް ބަހާލާފައި)

1 ސެލަރީ ސްޓޮކް ފަތް

ލޮނު

އަސޭމިރުސް

 

ތައްޔާރުކުރުމަށް

ފުރަތަމަ، 175 ޑިގްރީ ސެލްސިއަސް އަށް، އަވަން ހޫނު ކުރަން ޖައްސާށެވެ.

ދެން، ޓްރޭއަށް ކުކުޅު ލުމަށްފަހު ކުކުޅުގެ އެތެރެ އަދި ބޭރުގައި ރީތިކޮށް ލޮނު، އަސޭމިރުސް އަދި ފިޔާ ޕައުޑަރު ހާކާލާށެވެ. ކުކުޅުގެ ތެރޭގައި، ތިން ސަމުސާ މާޖިރީން ކޮޅެއް ބާއްވާލާށެވެ. އެއަށްފަހު، ބާކީ ހުރި މާޖިރީން ކޮޅު ކުކުޅުގެ ބޭރުގައި،  ޓްރޭގައި އެކި ދިމާލުގައި އަތުރާލާށެވެ. އަދި ސެލެރީ ސްޓޮކް ފަތް، ތިނެއް ނުވަތަ ހަތަރު ބަޔަށް ބުރިކޮށްލުމަށްފަހު ކުކުޅުގެ ތެރޭގައި އަތުރާލާށެވެ.

އެއަށްފަހު، އަވަނުގައި އެއް ގަޑިއިރާއި 15 މިނެޓް ވަންދެން ކުކުޅު ފިހެލާށެެވެ. ދެން އަވަނުން ކުކުޅު ނެގުމަށްފަހު، ކުކުޅުގެ ބޭރުގައި ޓްރޭގައި މެލްޓްވެފައިވާ މާޖިރީން އަދި ޑިޕިން ކުކުޅު މަތީގައި ރީތިކޮށް ހާކާލާށެވެ. އަދި ކުކުޅު މަތީ ފޮއިލް އަޅާ ބަންދުކޮށް، 30 މިނެޓްވަންދެން ބަހައްޓާށެވެ. ރޯސްޓެޑް ޗިކަން ތައްޔާރުކޮށް ނިމުނީއެވެ.