ރަކީދޫ- ފޮޓޯ އެމްޓީސީސީ

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިއްޖެ

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ފަތާ ސަރަހައްދެއް ގާއިމްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 560 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ރަކީދޫގެ އެ މަޝްރޫއަކީ 10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.