ދިރާގު ޓީވީގެ ބޭސިކް ޕެކްއަށް ޓީވީ ޗެނަލްތަކެއް އިތުރުކޮށްފި

ދިރާގުން ފޯރުކޮށްދޭ، ދިރާގު ޓީވީގެ ބޭސިކް ޕެކްއަށް ޓީވީ ޗެނަލްތަކެއް އިތުރުކޮށްފިއެވެ.

ކުޑަކުދިންނަށް ހާއްސަ ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިމެނޭ ގޮތަށް 10 ޗެނަލެއް ވަނީ ދިރާގު ޓީވީގެ ބޭސިކް ޕެކްއަށް އިތުރުކޮށްފައެވެ.

ބޭސިކް ޕެކްއަށް އިތުރުކުރި ޗެނަލްތަކުގެ ތެރޭގައި ކޮމެޑީ ސެންޓްރަލް އެޗްޑީ، މާވެލް އެޗްކިޔު، ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއާ ހިމެނެއެވެ. އޭގެ އިތުރުން ބްލޫމްބާގް އާއި ސީއެންބީސީ އާއި ޔޫރޯނިއުސްގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ޒޫމޫ އާއި ބޭބީ ފަސްޓް ޗެނަލް ވަނީ ދިރާގު ޓީވީގެ ބޭސިކް ޕެކް އަށް އިތުރުކޮށްފައެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގެ ދެ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ 150ރ. ގެ ސްޓާރޓާ ޕެކް އާއި 300ރ. ގެ ބޭސިކް ޕެކްއެވެ. ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަންގެ ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބެލުމަށް އިންޓަނެޓަށް އިތުރު ހަރަދެއް ކުރާކަށް ނުޖެހެއެވެ.