ދިރާގަށް 905 މިލިއަން ރުފިޔާގެ ފައިދާއެއް

ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން އާންމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 5.4 އިންސައްތަ އިތުރުވުމެކެވެ.

ކުންފުނިން މިދިޔަ އަހަރު ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.