ދިރާގު: ފައިލް ފޮޓޯ ދިރާގު

ދިރާގަށް ފުރަތަމަ ކުއާޓަރުގައި 238 މިލިއަން ރުފިޔާގެ ފައިދާއެއް

ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 238 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، ދިރާގަށް އާމްދަނީގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ފުރަތަމަ ތިން މަސް ދުވަހު ހިންގުމުގެ ހަރަދުގެ ގޮތުގައި 324 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގުން ވަނީ ޓެކްސްގެ ގޮތުގައި 41 މިލިއަން ރުފިޔާ ދައްކާފައެވެ.

ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފައިބަރ އިންޓަނެޓް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި އިއުލާނުކޮށްފައެވެ.