މަޑުއްވަރީ ދެކުނު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ އެމްޓީސީސީ

މަޑުއްވަރީ ދެކުނު ބަނދަރުގެ 45 އިންސައްތަ ނިމިއްޖެ

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 45 އިންސައްތަ ނިމިއްޖެއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތެވެ.

މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ސަރުކާރުން އެމްޓީސީސީއަށް ހަވާލުކުރީ 2019 ވަަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މިއީ 68.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރޭގައި 7280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. އެމްޓީސީސީ އިން ހާމަކުރި ގޮތުގައި މި މަޝްރޫއު ދަށުން 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.