ލ. ގަން ތުނޑީ ބަނދަރު މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް ރަށަށް ގެނެސްފައި؛ ފޮޓޯ އެމްޓީސީސީ

ލ. ގަން ތުނޑީ ބަނދަރު މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ރަށަށް ގެނެސްފި

ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް  ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ މި މަޝްރޫއަށް 24.71 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.