ދިރާގު ފައިބާ އަދި ރައުޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް

ދިރާގު ފައިބާ އަދި ރައުޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަނަކީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ދިރާގުން ބުނި ގޮތުގައި ޕްރޮމޯޝަންގައި ފައިބާ ކަނެކްޝަންގެ ސެޓަޕް ހެދުމަށް އެއްވެސް އަގެއް ނުނަގާނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑްގައި 5 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީޕީއެސްގައި އިންޓަނެޓް ލިބޭ ޕެކޭޖް ތައާރަފުކޮށްފައިވެއެވެ.

ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް، ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފުޅާކުރެވިފައިވާތީ ދިރާގުން ވަނީ އެކަން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފާހަގަކޮށްފައެވެ.