ފޮޓޯ: އެމްޓީސީސީ

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ އެ ޝިޕްމެންޓު ގެންދިޔައީ މި ޖޫން މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ.

39.9 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.