ފޮޓޯ: އެމްޓީސީސީ

ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ ސަބްބޭސް މަސައްކަތް ފަށައިފި

ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްބޭސް މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނީ ސަބްބޭސްގެ މަސައްކަތް ފެށީ 13 ޖުލައި 2022 ވަނަ ދުވަހު ވަނީ ފެށިފައި ކަމަށެވެ. އަދި އޭބީސީއާއި އެސްފޯލްޓު މެޓީރިއަލްސް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 5.3 ކިލޯމީޓަރު ދިގު މިނުގެ 11 މަގެއް ހެދުމާއި، 25،909 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމު ކުރުމާއި، 11،114 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.