ފޮޓޯ: އެމްޓީސީސީ

ހިންނަވަރު ބަނދަރު ހެދުމަށް ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި

ޅ. ހިންނަވަރު ބަނދަރު ތަަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ.

އެމްޓީސިސީ އިން ބުނީ އެ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.