ޅައިމަގު ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ އެމްޓީސީސީ

ޅައިމަގު ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ

ށ. ޅައިމަގު ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިމިނެއްގައި ދަނީ ކުރިއަށެވެ.

އެ މަޝްރޫއުގެ ދަށުން، 31000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކުރި މި މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.