ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 28.9 މިލިއަން ރުފިޔާ އަށެވެ.

ހަނިމާދޫއަކީ އުތުރުގެ އަތޮޅުތަކުގެ އާބާދީގެ ބޮޑު ބައެއް ވައިގެ ދަތުރުފަތުރުކުރުމަށް ބަރޯސާވަމުން އަންނަ ރަށެކެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށްފައިވެ އެވެ.

މީގެ އިތުރުން 18،871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއްގެ ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި ޑްރެއިންނޭޖެއް ބެހެއްޓުމާއި މަގުމަތީގެ ނިޝާން ހަރުކުރުން ހިމެނެ އެވެ.