އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދަނީ

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެ ގަވާއިދަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދޭ އިހުތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ ދެލިކޮޕީ މީރާގެ ވެބްސައިޓްގައި މިހާރު އާންމުކޮށްފައިވާއިރު، އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ދެލިކޮޕީގެގައި:

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތާއި އުޖޫރަ ނޫން އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުމުގައި އަމަލުކުރަންވީ ގޮތް ހިމަނާފައިވެއެވެ.

ލާރި ލާރި

އަދިވެސް ލާރި ގަނޑެއް ކާނެ ގޮތެއް ދޯ ތި ހޯދަނީ

ޔާމީނު

މަށެއް ދެން މި ސަރުކާރަށް ތާއީދެއް ނުކުރާނަން