މިދިޔަ މަހު މީރާއަށް 1.5 ބިލިއަން ރުފިޔާ

މިއަހަރުގެ މާޗް މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.51 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 72 މިލިއަން ޑޮލަރު ހިމެނެއެވެ. މިއަހަރުގެ މާޗް މަހު މީރާއަށް 1.5 ބިލިއަން ރުފިޔާ ބަލައިގެންފައި ވީނަމަވެސް އެ މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.1 އިންސައްތަ މަދު މިންވަރެކެވެ. އަދި މިއަހަރުގެ މާޗް މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ 15.1 އިންސައްތަ މަދު މިންވަރެކެވެ.

މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނިއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 732 މިލިއަން ރުފިޔާ ލިބިފައިވެއެވެ.