ފޮޓޯ: އެމްޓީސީސީ

ހަންޏާމީދު ބަނދަރުގެ ހާބަރ ބްރިޖް މަސައްކަތް ކުރިއަށް

އދ. ހަންޏާމީދު ބަނދަރު މަސައްކަތުގައި މިހާރު ކުރިއަށްދަނީ ހާބަރ ބްރިޖް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި އަދި 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 32.5 މިލއަން ރުފިޔާގެ މަޝްރޫޢެކެވެ.