ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ އެމްޓީސީސީ

ހަނިމާދޫ މަގު ހެދުމުގެ 70 އިންސައްތަ ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް، އިއްޔެ ވަނީ ފަށާފައެވެ. ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 16518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން 19679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.