ފޮޓޯ: އެމްޓީސީސީ

އުލިގަމު ފެރީ ސްޓޮޕްގައި ޤާއިމުކުރެވޭ ފެރީ ހަޓުގެ މަސައްކަތް ނިމިއްޖެ

ހއ. އުލިގަމު ފެރީ ސްޓޮޕްގައި ޤާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި ފެރީ ސްޓޮޕަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވަރސަލް ޓޮއިލެޓް ޤާއިމުކުރެވިގެންދާނެއެވެ.