ފޮޓޯ: އެމްޓީސީސީ

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެ

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.

އެގޮތުން އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 6،600 ކިއުބިކް މީޓަރުގެ ވެލި، ގޮނޑުދޮށަށް އެޅުން ހިމެނެއެވެ.

މި މަޝްރޫއުއަކީ 27،8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.