ދިރާގު ހެޑް އޮފީސް: ފައިލް ފޮޓޯ ދިރާގު ފޭސްބުކް

ދިރާގުގެ ބްރޯޑްބޭންޑް ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ބުރޫ އަރާފައިވާކަން ދިރާގުން ހާމަކުރީ މިއަދު ހެނދުނެވެ.

މައްސަލަ ހައްލުވެފައިވާކަން ހާމަކޮށް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރި ޕޯސްޓެއްގައި ވަނީ ރައުޓަރުތައް ރީސްޓާޓްކޮށްލުމަށް ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ.

ދިރާގުގެ ހައި-ސްޕީޑް ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފޯރުކޮށްދިނުން ފާހަގަކުރީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގައި 1 ޖީބީޕީއެސް އާ ހަމައަށް ސްޕީޑް އަދި 2 ޓީބީގެ ފެއާ ޔޫސޭޖް ލިބޭ ޕެކޭޖް ހުރެއެވެ.