އޯކިޑް ބަސް ރޫޓަށް ބަދަލުތަކެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަށުން މާލޭގައި ދެވޭ ބަހުގެ ހިދުމަތުގައި ހިމެނޭ R10 އޯކިޑް ރޫޓަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އޯކިޑް ރޫޓްގައި ބަސް މަޑުކުރާ ބައެއް ސަރަހައްދުތަކަށް ބަދަލު އަންނާނެ އެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގު: ވެސްޓްޕާކް ބަސް ހުއްޓި އާއި މަޖީދީމަގު: ސޯޝަލް ސެންޓަރު ބަސް ހުއްޓިއަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބަސް މަޑު ނުކުރާނެ އެވެ.

ބަސް ހުއްޓި އިތުރުކުރެވުނީ ބޮޑުތަކުރުފާނު މަގު: ދަރުމަވަނަްތަ ހޮސްޕިޓަލް ކައިރި އާއި ކަނބާއައިސާރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ހުއްޓި އެވެ.

އޭގެ އިތުރުން ކަނބާއައިސާރަނި ހިނގުން: އައިޖީއެމްއެޗް ބަސް ހުއްޓި އާއި އަމީނީމަގު: މާފަންނު ފެރީ ޓާމިނަލް ބަސް ހުއްޓިއަށް ބަސް މަޑުކުރާނެ އެވެ.