ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އެޑް-އޯންސްތަކުން 50 އިންސައްތަ ޑިސްކައުންޓް
ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް-އޯންސްތަކުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
މުވާސަލާތީ ކުންފުނި، ދިރާގުން ބުނި ގޮތުގައި މިމަހާއި އަންނަ އެޕްރީލް މަހު އެކްޓިވޭޓްކުރާ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް-އޯންސްތަކުން 50 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.
ދިރާގުން ބުނީ މި އުނދަގޫ ވަގުތުގައި އެކުންފުނިން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށާއި ދިރާގުގެ މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓްގައިވާ މައިއެކައުންޓް މެދުވެރިކޮށް އެޑް-އޯންސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 ފެތުރެމުންދާއިރު، ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، މާޗް މަހާއި އެޕްރީލް މަހު 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފައެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހުފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައެވެ.
އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމާފައެވެ.