ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު ރަށަށް ގެންދަނީ: ފޮޓޯ އެމްޓީސީސީ

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމަށް ޕްރޮޖެކްޓް ސައިޒް މޮބިލައިޒްކޮށްފި

ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޒް މޮބިލައިޒްކޮށްފިއެވެ.

ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ 24.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ހާމަކުރި ގޮތުގައި އެ މަޝްރޫއުގެ ދަށުން 28760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. އޭގެ އިތުރުން 287 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން 772 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރެވިގެންދާނެއެވެ.