ދިރާގު ހެޑް އޮފީހުގައި ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ ދިރާގު

ދިރާގުން 100ޖީބީގެ ޑޭޓާ ޕެކްތަކެއް

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން 100ޖީބީގެ މުޅިން އާ ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ.

ޑޭޓާ ޕެކްތައް ތައާރަފުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖާ ކަސްޓަމާ ވެލިއު މެނޭޖުމަންޓް އައިޝަތު އިޝާނާ ވިދާޅުވީ އަލަށް ތައާރަފުކުރެވޭ ޑޭޓާ ޕެކްތަކުގެ ސަބަބުން ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެގެންދާނެ ކަމަށެވެ.

ދިރާޣުން މިއަދު ތައާރަފުކުރީ 100 ޖީބީ ތިން ދުވަހަށް 100ރ. އަށް ލިބޭ ޕެކްއަކާއި 100 ޖީބީ ހަތް ދުވަހަށް 225ރ. އަށް ލިބޭ ޕެކްއަކާއި 100 ޖީބީ 14 ދުވަހަށް 400ރ. އަށް ލިބޭ ޕެކް އެކެވެ.

މީގެ އިތުރުން 100 ޖީބީ 21 ދުވަހަށް 550ރ. އަށް ލިބޭ ޕެކްއަކާއި 100 ޖީބީ 30 ދުވަހަށް 750ރ. އަށް ލިބޭ ޕެކްއެއް ވަނީ ތައާރަފުކޮށްފަ އެވެ.