ފަހުގެ އައިފޯނު އެންމެ ފުރަތަމަ ލިބުނު ކަސްތަމަރު: ފޮޓޯ ދިރާގު

ދިރާގުން، ފަހުގެ އައިފޯނުތައް ދޫކުރަން ފަށައިފި

ދިރާގު މެދުވެރިކޮށް، އައިފޯން 11 އާއި އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްއަށް ޕްރީއޯޑާ ކުރި މީހުންނަށް ފޯނު ދޫކުރަން ފަށައިފިއެވެ.

އެޕަލް އިން މިދިޔަ މަހު ރިލީޒްކުރި އައިފޯނަށް، ދިރާގު މެދުވެރިކޮށް ޕްރީއޯޑާކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފެށީ ރޭ 12:00 ގައި ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިރާގުން ބުނީ، ރޭ އެ ކުންފުނީގެ ހެޑް އޮފީހަށް ނާދެވުނު ކަސްޓަމަރުންނަށް ފޯނު ދޫކުރުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އައިފޯނު ނަގަން ބޭނުންވާ ދިރާގުގެ ސާވިސް ސެންޓަރެއް އެންގުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.