ސްޓާޓަޕް ވީކެންޑް އިވެންޓްގެ ތެރެއިން: ފޮޓޯ ދިރާގު

ދިރާގާއި ސްޕާކްހަބްގެ "ސްޓާޓަޕް ވީކެންޑް" ފަށައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" ފަށައިފިއެވެ.

ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ދިރާގުން ބުނި ގޮތުގައި 54 ގަޑިއިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި، ވިޔަފާރި ފަށަށް ބޭނުންވާ ފަރާތްތަކާއި، ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ހިޔާލުތައް ހަގީގަތަކަސް ހެދުމާއި ބެހޭ ގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

"ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" ހަރަކާތުގެ ބައިވެރިންނަށް، ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި ދިރާގާއި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންގެ އިރުޝާދުވެސް ލިބިގެންދާނެއެވެ.