ބިލެތްފަހި މަޝްރޫއުގެ ތެރެއިން- ފޮޓޯ އެމްޓީސީސީ

ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ބިލެތްފަހިއަށް ގެންގޮސްފި

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް، އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި އެ މަޝްރޫއުގެ ދަށުން، 24125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.