ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން - ފޮޓޯ އެމްޓީސީސީ

ދުވާފަރުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފިއެވެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 4960 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، 17790 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.