ދިރާގު: ފައިލް ފޮޓޯ ދިރާގު ފޭސްބުކް

ކުއްލި މައްސަލައަކާއެކު، ދިރާގު ބްރޯޑްބޭންޑް ހިދުމަތަށް ބުރޫ އަރައިފި

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ކުއްލި މައްސަލައެއް ދިމާވެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވިކަން ދިރާގުން ހާމަކުރި ނަމަވެސް އޭގެ ތަފުސީލެއް ނުދެއެވެ.

ދިރާގުން ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގައި 1ޖީބީޕީއެސް އާ ހަމައަށް ސްޕީޑް އަދި 2 ޓީބީގެ ފެއާ ޔޫސޭޖް ލިބޭ ޕެކޭޖް ހުރެއެވެ. ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.