މީރާއިން ހިދުމަތް ދެނީ: ފައިލް ފޮޓޯ

މީރާއަށް ލިބުނު އާމްދަނީ 82 އިންސައްތަ ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 82.7 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މީރާ އިން އާންމުކުރި މިއަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހު މީރާއަށް ލިބިފައިވަނީ 276.04 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 7.42 މިލިއަން ޑޮލަރު ހިމެނެއެވެ.

ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި ޖޫން މަހު މީރާއަށް 132.25 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ޖޫން މަހުގެ މިރާއަށް ލިބުނު އާމްދަނީގެ 47.9 އިންސައްތައެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 12.85 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.