ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ އެމްޓީސީސީ

ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރަން ރިވެޓްމެންޓް ޖަހަން ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއިން މިއަހަރުގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު އާންމުކުރި ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުން މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަސް ތެރޭގައެވެ.