ފޮޓޯ: އެމްޓީސީސީ

ކަމަދޫ އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މިއީ 47.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.