މީރާއިން ފީ އާއި ޓެކްސް ބަލައިގަންނަނީ: ފައިލް ފޮޓޯ މީރާ

3 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ ހަތަރު އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މީރާއިން އާންމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މީރާއަށް ބަލައިގަނެފައިވަނީ 4.24 ބިލިއަން ރުފިޔާއެވެ. މިއީ ޑޮލަރުން ބަލައިގަތް އާމްދަނީއާއެކު މީރާއަށް ލިބުނު އާމްދަނީއެވެ.

އާމްދަނީ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ބީޕީޓީ އާއި ޖެނެރަލް ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މަދުވުން ހިމެނެއެވެ.

ރިސޯޓްތައް 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ހެދުމާއި ގުޅިގެން ލިބުނު އާމްދަނީގެ ސަބަބުންވެސް، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ.