މިލަދޫ ބަނދަރުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތް: ފޮޓޯ އެމްޓީސީސީ

މިލަދޫ ބަނދަރު މަޝްރޫއުގެ 40 އިންސައްތަ ނިމިއްޖެ

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި އެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތެވެ.  މި މަޝްރޫއުގެ އަގު 42.1 މިލިއަން ރުފިޔާއަށް އަރާއިރު، ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު، ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން 248 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި އަދި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލެވިގެންދާނެއެވެ.

މަޝްރޫއުގެ ދަށުން ދެ ނެރު ބައްތި އަދި 14 ބަނދަރު ބައްތި ހަރުކުރެވިގެންދާނެއެވެ. އޭގެ އިތުރުން 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާއިރު 1430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ރޭމްޕެއް ހަދާނެއެވެ.