އެމްޓީސީސީ އިން އުކުޅަހު ބަނދަރުގެ އެއްގަމު ތޮށިލުމާއި ޖެޓީ ހެދުމުގެ މަޝްރޫއަށް ސައިޓް މޮބިލައިޒްކުރުން: ފޮޓޯ އެމްޓީސީސީ

އުކުޅަހުގެ ޖެޓީގެ މަޝްރޫއަށް އެމްޓީސީސީ އިން ސައިޓް މޮބިލައިޒްކޮށްފި

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށިލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހާމަކުރި ގޮތުގައި އެ މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، 19630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. އޭގެ އިތުރުން 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް، އެމްޓީސީސީ އިން ވަނީ މިމަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ސައިޓްވެސް މޮބިލައިޒްކޮށްފައެވެ.