ފޮޓޯ: ދިރާގު

ދިރާގުން މަމްސް އެންޖީއޯގެ ބެކް ޓު ސްކޫލް ޕްރޮގުރާމަށް އެހީތެރިވެއްޖެ

މަމްސް އެންޖީއޯއިން ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް2022 " ޕްރޮގްރާމަށް ދިރާގުުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ޕްރޮގްރާމްގެ ދަށުން، މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެންޖީއޯގެ ކެއާ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައިވެއެވެ.

އެގޮތުން މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ.