ރަންވީރް ޝޯރޭ

ރަންވީރް ޝޯރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ އެކްޓަރު ރަންވީރް ޝޯރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ރަންވީރް ޝޯރޭ ހާމަކުރީ އޭނާ ކުރި ޓްވީޓެއްގައެވެ. އުމުރުން 48 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އޭނާ މިހާރު ހުރީ ކަރަންޓީންގައެވެ.

ރަންވީރް ޝޯރޭ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އަނގްރޭޒީ މީޑިއަމް" އާއި "ލޫޓްކޭސް" ހިމެނެއެވެ. އޭގެ އިތުރުން ފިލްމް "އޭކް ތަ ޓައިގާ" އާއި "ހެޕީ އެންޑިން" އިންވެސް ރަންވީރް ފެނިގެން ގޮސްފައިވެއެވެ. ރަންވީރް ޝޯރޭ ވަނީ ބައެއް ޓީވީ ޝޯތައް ހުށަހަޅައިދީފައެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން، މުމްބާއީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު މުމްބާއީގެ މޭޔަރު ކިޝޯރް ޕެޑްނޭކަރު އަންގާރަ ދުވަހު ވަނީ ދީފައެވެ.

އިންޑިއާއިން މިހާތަނަށް 10.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 10.6 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި އިންޑިއާއިން 155949 މީހުން ވަނީ މަރުވެފައެވެ.