އަރާޝް ރާއްޖޭގައި

އާއިލާއާއެކު އަރާޝް ރާއްޖޭގައި

އީރާނަށް އުފަން ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރާޝް ލަބާފް އާއިލާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އަރާޝް އާއި އޭނާގެ އަންހެނުން ބެހްނާޒް އަންސާރީ އަދި ދެ ދަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ލަކްސް ނޯތު މާލެ އެޓޯލްގައެވެ.

އުމުރުން 43 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ރާއްޖޭގައި ހުރެ ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ޑައިވިން ދޯންޏެއްގައި ހުރެ ނަގާފައިވާ ވީޑިއޯކޮޅަކާއި ރިސޯޓްގައި ހުރި ރުކަކަށް އެރުމަށް ދަރިފުޅު މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯކޮޅެއް އަރާޝް ވަނީ ހިއްސާކޮށްފައެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ދުނިޔޭގެ މަޝްހޫރު ފަންނާނުން ރާއްޖެ ޒިޔާރަތްކުރެއެވެ. އެގޮތުން މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަންނާނުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އިނާ ހިމެނެއެވެ.