ދިވްޔާ އާއި ވަރުން: ފޮޓޯ އިންސްޓަގްރާމް

ދިވްޔާ އާއި ވަރުންގެ ޗުއްޓީ ރާއްޖޭގެ ތިން ރިސޯޓެއްގައި

ދިވްޔާ އަގަރްވާލް އާއި ވަރުން ސޫދް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

އެ ދެތަރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ދެތަރިން މިފަހަރު ރާއްޖެ އައިސް ވަނީ، ރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފައެވެ. އެގޮތުން "މީރު އައިލެންޑް ރިސޯޓް" އާއި "ހުރަވަޅި" ރިސޯޓުގެ އިތުރުން "ކިހާ މޯލްޑިވްސް" ރިސޯޓުގައި އެ ދެތަރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތައް އެ ދެތަރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދިވްޔާ މަޝްހޫރުވެފައިވަނީ އެމްޓީވީގެ ސްޕިލްސްވިލާގެ ސީޒަން 10 އިންނެވެ.