ރަންވީރް ސިންގް އެވޯޑާއި ހަވާލުވަނީ: ފޮޓޯ ރަންވީރް ސިންގް އިންސްޓަގްރާމް

އެމެޒޮން ފިލްމް ފެއާ އެވޯޑްސް: ގިނަ އެވޯޑްތައް އުފުލާލީ ގަލީ ބޯއީ

ހޮނިހިރު ދުވަހުގެ ރޭ މި ވަނީ، 65 ވަނަ އެމެޒޮން ފިލްމްފެއާ އެވޯޑްސް ހަފުލާ ބާއްވާފައެވެ. ކަރަން ޖޯހަރް، ވިކީ ކައުޝަލް، އަދި ވަރުން ދާވަން ހުށަހަޅައިދިން މި ހަފުލާގައި ގިނަ އެވޯޑްތަކެއް އުފުލާލީ ފިލްމް "ގަލީ ބޯއީ" އެވެ.

މި ހަފުލާގައި އަކްޝޭ ކުމާރް، ރަންވީރު ސިންގް، އަޔުޝްމަން ކުރާނާ އަދި ކާތިކް އާރްޔަން ވަނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ.

އެންމެ މޮޅު ފިލްމް: "ގަލީ ބޯއީ"

އެންމެ މޮޅު ޑައިރެކްޓަރު: ޒޯޔާ އަހްތަރް (ފިލްމް: "ގަލީ ބޯއީ")

އެންމެ މޮޅު ލީޑިން އެކްޓަރު: ރަންވީރް ސިންގް (ފިލްމް: "ގަލީ ބޯއީ")

އެންމެ މޮޅު ލީޑިން އެކްޓްރެސް: އާލިއާ ބަޓް (ފިލްމް: "ގަލީ ބޯއީ")

ކްރިޓީކުންގެ ނަޒަރުގައި އެންމެ މޮޅު އެކްޓަރު: އަޔޫޝްމަން ކުރާނާ (ފިލްމް: "އާޓިކަލް 15")

ކްރިޓީކުންގެ ނަޒަރުގައި އެންމެ މޮޅު އެކްޓްރެސް: ބޫމީޕެޑްނޭކަރް (ފިލްމް: "ސާންޑް ކީ އާންކް")

ތާޕްސީ (ފިލްމް: "ސާންޑް ކީ އާންކް")

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: އަމްރުތާ ސުބާޝް (ފިލްމް: "ގަލީ ބޯއީ")

އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ސިދާންތު ޗަތުރުވޭދީ (ފިލްމް: "ގަލީ ބޯއީ")

އެންމެ މޮޅު އޮރިޖިނަލް ސްޓޯރީ: ފިލްމް "އާޓިކަލް 15"

އެންމެ މޮޅު ސްކްރީޕްލޭ: ފިލްމް: "ގަލީ ބޯއީ"

އެންމެ މޮޅު ޑައިލޮގް: ފިލްމް "ގަލީ ބޯއީ"

މި ހަފުލާގައި ވަނީ ޑައިރެކްޓަރު ރަމޭޝް ސިޕީއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފައެވެ.