ސްޕައިޑަ-މޭންގެ ގޮތުގައި އެކްޓަރު ޓޮމް

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބައެއް ފިލްމްތައް

މި ބަލައިލަނީ މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބައެއް އިނގިރޭސި ފިލްމްތަކަށެވެ.

ނޯ ޓައިމް ޓު ޑައި

ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ފިލްމް، "ނޯ ޓައިމް ޓު ޑައި" އަކީ މިދިޔަ އަހަރު ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްކުރަން އޮތް ފިލްމް، ރިލީޒްކުރާ ތާރީހަށް ބަދަލުތަކެއް ގެނައީ ކޮވިޑް-19 އާ ގުޅިގެންނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. މި ފިލްމަކީ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމެވެ. ބްރިޓިޝް ސީކްރެޓް ސާވިސް އެޖެންޓް، 007 ގެ ރޯލުން ފެނިގެންދާނީ އެކްޓަރު ޑެނިއަލް ގްރެއިގްއެވެ.

ޓޮޕް ގަން: މެވެރިކް

މި ފިލްމަކީ 1986 ވަނަ އަހަރު ރިލީޒްކުރި ފިލްމް، "ޓޮޕް ގަން" ގެ ދެވަނަ ބައެވެ. ޓޮމް ކްރޫޒް ލީޑް ރޯލުން ފެނިގެންދާ "ޓޮޕް ގަން: މެވެރިކް" އަކީ ޖޯސެފް ކޮންސިންސްކީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ޕެރަމައުންޓް ޕިކްޗާސް އާއި ސްކައި ޑާންސް މީޑިއާ އިން ގެނެސްދޭ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މިލެޒް ޓެލާ، ޖެނިފާ ކޮނެލީ، ޖޯމް ހޭމް އަދި އެޑް ހެރިސް ހިމެނެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

ދަ އަންޓައިޓަލްޑްސްޕައިޑަ-މޭން ފިލްމް

މި ފިލްމަށް ކިޔާ ނަން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އާންމުން މި ފިލްމަށް ދީފައިވާ ނަމަކީ "ސްޕައިޑަ-މޭން 3" އެވެ. މި ފިލްމްގައިވެސް ސްޕައިޑަ-މޭން ގެ ރޯލުން ފެނިގެންދާނީ ޓޮމް ހޮލަންޑެވެ.

އޭގެ އިތުރުން ސްޕައިޑަ-މޭންގެ ރޯލު މީގެ ކުރިން ކުޅުނު ޓޮބީ އަދި އެންޑްރޫ ގާފީލްޑްވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ އިތުރުން އެކްޓަރު އަލްފްރެޑް މޮލިނާ، "ޑޮކްޓާ އޮކްޓޮޕަސް" ގެ ގޮތުގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.