ފެލިސިޓީ އިނީ އަލަތު ދަރިފުޅަށް ބަލިވެ
އިނގިރޭސި އެކްޓްރެސް، ފެލިސިޓީ ޖޯންސް އިނީ އޭނާ އާއި އޭނާގެ ފިރިމީހާ ޗާލްސް ގާޑްގެ އަލަތު ދަރިފުޅަށް ބަލިވެކަން ހާމަކޮށްފިއެވެ.
ބަލިވެ އިނުމާއި ގުޅޭ ގޮތުން މާބޮޑު ތަފުސީލެއް ފެލިސިޓީ އަދި ހާމަނުކުރާއިރު، ފެލިސިޓީ ވަނީ އޭނާވެސް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ދަ އެރޮނައުޓްސް" ގެ ޕްރިމިޔާގައި ބުދަ ދުވަހުގެ ރޭ ބައިވެރިވެފައެވެ
ފެލިސިޓީ އާއި ޗާލްސް ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ފަހުން، 2018 ވަނަ އަހަރުއެވެ. ޗާލްސް އަކީ އިނގިރޭސިވިލާތުގެ ފިލްމް ޑައިރެކްޓަރެކެވެ.
ކައިވެންޏަށްފަހުވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފެލިސިޓީ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ދަ އިންވިޒިބަލް ވޮމެން" އާއި "ދަ އެމޭޒިންގް ސްޕައިޑަ-މޭން 2" އާއި "ރޯގް ވަން" ހިމެނެއެވެ.