"މަލަންގް" ގެ ސީކުއެލްއެއް އުފައްދަނީ

ދިޝާ ޕަޓާނީ އާއި އަދިތުޔާ ރޯއީ ކަޕޫރް ލީޑް ރޯލު ކުޅެފައިވާ ފިލްމް، "މަލަންގް" ގެ ސީކުއެލްއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މި އަހަރު ރިލީޒްކުރި ރޮމޭންޓިކް އެކްޝަން ތުރިލާ ފިލްމް، "މަލަންގް" ޑައިރެކްޓްކޮށްފައިވަނީ މޯހިރު ސޫރީއެވެ. ސީކުއެލް ފިލްމްގެ މަސައްކަތް ކުރަމުންދާކަން ހާމަކުރީ ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އަންކޫރް ގަރްގްއެވެ.

ފިލްމް "މަލަންގް" ސިނަމާގައި ރިލީޒްކުރުމަށްފަހު މިހާރު ވަނީ ނެޓްފްލިކްސް އަށް ދޫކޮށްލާފައެވެ. ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް އަންކޫރް ވަނީ ޝުކުރު އަދާކޮށްފައެވެ. އަންކޫރް ބުނީ ޑައިރެކްޓަރު މޯހިރު ސޫރީ އާއި ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ލަވް ރަންޖަން އާއެކު ސީކުއެލް ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތަފުސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އަންކޫރް ވަނީ ބުނެފައެވެ.

"މަލަންގް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރް އަދި ކުނާލް ކޭމޫ ހިމެނެއެވެ.