ނަތާޝާ ސުރީ

ނަތާޝާވެސް ކޮވިޑަށް ޕޮޒިޓިވް

އިންޑިއާގެ އެކްޓްރެސް އަދި އެގައުމުގެ ކުރީގެ ރީތީގެ ރާނީ ނަތާޝާ ސުރީއަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ނަތާޝާ ބުނީ މިމަހުގެ އެއްވަނަ ދުވަހު، ކުއްލި މަސައްކަތެއް ކުރުމަށް ޕޫނޭއަށް ދިޔަ ކަމަށެވެ. ބަލި ޖެހުނީ އެތަނުން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ބަލިވެ އުޅޭތީ މިހާތަނަށް ހުރީ ގޭގައި އެކަހެރިވެގެން ކަމަށް ނަތާޝާ ބުންޏެވެ.

އުމުރުން 31 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ފަރާތުން އޭނާގެ ދައްތަ އާއި މާމައަށް ބަލި ޖެހިފައިވާ ކަމަށް ލަފާކުރެވެއެވެ. އެމީހުންވެސް އުޅެނީ ބަލިވެ ކަމަށާއި ނަމަވެސް ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ނަތާޝާ ބުންޏެވެ.

ނަތާޝާގެ ކުރިއަށް އޮތް ފިލްމަކީ "ޑޭންޖަރަސް" އެވެ. އޮންލައިން ޕްލެޓްފޯމްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ހިމެނެއެވެ.