އަލީ ފަޒާލް އާއި ރިޗާގެ ކައިވެނި އަންނަ އަހަރަށް
އިންޑިއާގެ އެކްޓަރު އަލީ ފަޒާލް އާއި އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ރިޗާ ޗައްޑާގެ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މި އަހަރުގެ އެޕްރީލް މަހު ކައިވެނި ކުރަން، މި ދެ ފަންނާނުން އައީ ތައްޔާރުވަމުންނެވެ. ނަމަވެސް ކޮވިޑް-19 ގެ ލޮކްޑައުނާއި ގުޅިގެން ކައިވެނި ފަސްކުރީއެވެ. އަލީ ފަޒާލް މިވަގުތު ދިރިއުޅެނީ ދިއްލީގައެވެ. ރިޗާ ދިރިއުޅެނީ މުމްބާއީގައެވެ.
ކައިވެނި ފަސްކުރުމާއި ގުޅޭ ގޮތުން، މުމްބާއީ މިރާއަށް ދިން އިންޓަވިއުއެއްގައި ރިޗާ ބުނީ ޕެންޑެމިކް ނިމެން ކައިރި ނުވާ ކަމަށާއި އެހެންކަމުން ކައިވެނި އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.
އަލީ ފަޒާލް ބުނީ ކައިވެނި ކުރާނެ ތާރީހެއް ކަނޑައަޅާނެ ކަމަށާއި ފަހަރުގައި އެއީ އާ އަހަރުގެ ކުރީ ކޮޅަށް ވެދާނެ ކަމަށެވެ. އަލީ ފަޒާލް އާއި ރިޗާ ބުނި ގޮތުގައި އެ މީހުން އެދެނީ އެންމެންވެސް ސިއްހަތު ސަލާމަތުން ތިބުމަށެވެ. އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ބަލި ޖެހުމަށް ނޭދޭ ކަމަށްވެސް އަލީ ފަޒާލް އާއި ރިޗާ ވަނީ ބުނެފައެވެ.