ޖެކްލިން

ސްކޫލަކަށް ގޮސް އެކްޓިން ކިޔަވަން ބޭނުންކަމަށް ޖެކްލިން ބުނެފި

ސްކޫލަކަށް ގޮސް އެކްޓިން ކިޔަވަން ބޭނުންވާ ކަމަށް ބަތަލާ ޖެކްލިން ފެނަންޑޭޒް ބުނެފިއެވެ.

ޖެކްލިން އެކަން ހާމަކޮށްފައިވަނީ، އިންޑިއާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މަނިކާ ބަތުރާއާއެކު ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ލައިވް ޗެޓެއްގައެވެ. ޖެކްލިންގެ ބަކެޓް ލިސްޓްގައިވާ ކަންކަމާއި ބެހޭ ގޮތުން މަނިކާ ސުވާލު ކުރުމުން ޖެކްލިން ބުނީ ސްކޫލަށް އެނބުރިދާން ބޭނުންވާ ކަމަށެވެ.

ސްރީލަންކާގެ އުމުރުން 34 އަހަރުގެ ބަތަލާ ބުނީ އޭނާގެ ދާއިރާ ކަމުގައިވާ އެކްޓިން އަދި ޕާފޯމަންސް ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ ކިޔަވަންދާން ބޭނުންވާ ކަމަށް ޖެކްލިން ވަނީ ބުނެފައެވެ.

ޖެކްލިން ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ހައުސްފުލް 2" އާއި "ހައުސްފުލް 3" އާއި "ކިކް" އާއި "ރޭސް 2" އަދި "ރޭސް 3" ހިމެނެއެވެ. ޖެކްލިންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އެޓޭކް" ހިމެނެއެވެ.